ޚަބަރު

ޖަލުން ސަލާމްތްވެ ޝަހުޒާނުގެ މެސެޖެއް މުޢިއްޒަށް: ތިޔަހެން ޖައްސަވާ ވައި ބަޑިއަކުން ފަހަތަކަށް ނުޖެއްްސޭނެ

27 މޭ 2026 - 19:53
 2
ޖަލުން ސަލާމްތްވެ ޝަހުޒާނުގެ މެސެޖެއް މުޢިއްޒަށް: ތިޔަހެން ޖައްސަވާ ވައި ބަޑިއަކުން ފަހަތަކަށް ނުޖެއްްސޭނެ

ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށް ސާބިތުވެ 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިންމައި ޖަލުން ނުކުމެ ނޫސްވެރިޔާ ޝަހުޒާން ރައީސް މުޢިއްޒަށް ބަހުގެ ހޫނު ހަމަލާއެއްް ދެއްވައިފިއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޖަލުން ސަލާމަތްވެ، ނޫސްވެރިންނާއި ވާހަކަދައްކަވައި މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްްގައި ޝަހުޒާން ވިދާޅުވީ "ތިޔަހެން ޖައްސަވާ ވައި ބަޑިއަކުން އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނޭ. ތިޔަ އަދި ދުއްވާލެވުނީ ތެޔޮ ހަމެއް" މިފަދައިންނެވެ.

ޝަހުޒާން މީޑިއާ އަށް ދިން މެސެޖުގައި ރައީސް މުޢިއްޒަށް ވަރަސް ބޮޑަށް ފާޑު ވިދާޅުވިއެވެ. މިގޮތުންް ޖަލުގައި އޮންނަވަނިކޮށްވެސް ރައީސް މުޢިއްޒު ގެންދެވީ ޝަހުޒާންއަށް އެކި ގޮތްގޮތުން އުނދަގޫ ޖައްސަވަމުން ކަމަށާއި ނޫސްވެރިކަމުގެ ކަމަރު ޝަހުޒާން ބަނީ ވަރަށް ކެރިގެން ކަމަށާއި ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ.

ޝަހުޒާން ކޯޓިގެ ހުރުމަތް ކެނޑި ކަމަށް ފުރަތަމަ ނިންމެވީ ރައީސް މުޢިއްޒު އެވެ. ރައީސް އޮފީހުގައި ބޭއްވުނު ނޫސް ބްރީފިން އެއްގައި ޝަހުޒާން ރައީސް މުޢިއްޒާއި ކުރި ސުވާލަކީ ކޯޓުން ނެރެފައިވާ "އަނގަ ބަންދު އަމުރާއި" ޚިލާފު ސުވާލެއް ކަމަށް ރައީސް ހަމަ އެވަގުތަކު ނިންމެވިއެވެ. އަދި ނޫސްވެރިން ތިބި މާލަމުން ހަމަ ވެގަުތު ޝަހުޒާން ނެރުމަށް ރައީސް އެންގެވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0