ޚަބަރު

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފި

26 މޭ 2026 - 15:22
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ކެނޑިޑޭޓް މީކާއީލްގެ މަންމަ އަދި އެމްޑީޕީގެ އެކްޓިވިސްޓް މަރްޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި ކަމަށް ތުހުމަތު ކުރެވޭ މީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފިއެވެ.

މި މިހާ މިފަހަރު ހައްޔަރުކޮށްފައިވަނީ ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ގެނައުމުގައި ބައިވެރިވި ކަމުގެ މައްސަލައިގައެވެ.

މި މައްސަލައިގައި، ރިޝްމާހު ޝަރިއަތް ނިމެންދެން ބަންދު ކުރީ އިއްޔެއެވެ.

މިދިޔަ އަހަރު ފަހުކޮޅު މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި އަހުމަދު ރިޝްމާހު ސަންލައިޓް ވިލާ، ގއ. ދާންދޫ (20އ) ބަންދުކުރުމަށްފަހު އޭނާ ވަނީ ތަހުގީގު ނިމުމުން ބަންދުން ދޫކޮށްލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0