މަހުލޫފު ގުދުވީ އިސްލާމުން ގުދުވާންޖެހޭ ވަރަށްވުރެ މާބޮޑަށް: ޝެއިޚް ޒައިދު
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕަރަރ އަށް އެރުވުމުގެ ރަސްމިއްޔާތުގައި މަހުލޫފު އެމްޕަރަރގެ ކުރިފުޅުމަތީގައި ގުދުވާ މަންޒަރު ފެންނަ ފޮޓޯއަށް ޝެއިޚް އަލީ ޒައިދު ފާޑު ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފު ގުދުވާ ފޮޓޯ ހިއްސާކުރައްވަމުން ޒައިދު ވިދާޅުވީ މަހުލޫފު އެ ގުދުވީ އިހުތިރާމުކުރުމަށްވެސް މުސްލިމުން ގުދުވާންޖެހޭ ވަރަށްވުރެ ބޮޑަށް ކަމަށެވެ.
"މިވަރަށް ގުދުވުމަކީ އިޙުތިރާމް ކުރުމަށްވެސް މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން! ކާފިރުން ކުރާ ހުރިހާ ކަމެއް އެމީހުން ކުރާގޮތަށް ކޮޕީ ކުރުމަކީ ނޭނގިތިބެ ދީނާ ދުރު ބީރައްޓެހި ކަންތައްތައް ކުރުމަށް މަގުފަހި ވާނެ ކަމެއް! ސަމާލުވެލައްވާ!" ޒައިދުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ޖަޕާނުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ބޯ ތިރިކޮށް ގުދުވުމަކީ އެކި މިންގަނޑަށް ބެހިފައިވާ އާދައެކެވެ. ފޯޓޯއިން ފެންނަ ފެނުމަށް ބަލާއިރު މަހުލޫފު ގުދުވެ ހުރީ ގާތްގަނޑަކަށް 45 ޑިގްރީއަށެވެ. އެއީ އިހްތިރާމުގެ އެންމެ މަތީ ދަރަޖައިގެ ގުދުވުމެކެވެ.
ރިއެކްޓް
ރަނގަޅު
1
ސަކަރާތް
1
ލޯބި
0
މަޖާ
0





