ޚަބަރު

ދިރާގު ގޮއްވާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ޖަލަށް

20 މޭ 2026 - 11:54
 1
ދިރާގު ގޮއްވާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ޖަލަށް
ދިރާގު އޮފީސް އިމާރާތް -- ފޮޓޯ: ދިރާގު

ދިރާގުގެ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައަށް ވަދެ، ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާކަމަށާއި ބޮން ހަދާމީހެއްކަމަށް އިޢުތިރާފުވެ، ދިރާގު ގޮއްވާލާނެ ކަމަށް ބުނެ ބިރުދެއްކި މައްސަލާގައި 1 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ގއ. ގެމަނަފުށީ ރަންކޮކާގެ، ނަދީފް މުހައްމަދަށެވެ.

މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. 

މިމަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި މިހުކުމުގައި ބުނެފައިވަނީ އާންމު ތަނެއްގައި ހުރި މީހަކު، އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަގްސަދު ހާސިލު ނުވާނެ އަމަލަކުން މީހުން ބިރުގަންނަ ފަދަ ހާލަތެއް އުފެއްދާފައިވާކަމަށް ސާބިތުވާކަމަށެވެ. މި ދަޢުވާއަށް ނަދީފް އިންްކާރުކޮށްފައިވީ ނަމަވެސް އޭނާގެ މައްޗަށް އެއާޕޯޓުގައި ހަރަކާތްތެރިވާ ފުލުހުންނާއި ފިހާރައިގެ މުވައްޒަފުންގެ އިތުރުން އެވަގުތު ފިހާރާގައި ތިބި ކަސްޓަމަރުން ދިން ހެކިބަހުން ވަނީ މައްސަލަ ސާބިތުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0