ލޯންޗުން ކަނޑުވި އެންމެން ސަލާމަތުން މާލެ ގެނެސްފި
ވަތަނީ ޚިދުމަތުގެ ތަމްރީން ފުރުހަމަކުރި ކުދިންތަކެއ މާލެ ގެންނަނިކޮށް ހުޅުމާލެ ކައިރިން ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި އެންމެން ސަލާމަތުން މާލެ ގެނެސްފިއެވެ.
ލޯންޗުން ދަތުރުކުރި އެއްވެސް ދަރިވަރަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗް، ހުޅުމާލެއާ ހިސާބުން ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފަ.
— Maldives National Defence Force (@MNDF_Official) May 18, 2026
މި ހާދިސާ ހިނގާފައިވަނީ މާފިލާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗަކަށެވެ. އެނގިފައިވާ ގޮތުގައި މި ލޯންޗަކީ ވަތަނީ ހިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ދަސްވެނިން ގޮވައިގެން ދަތުރުކުރަމުންދިޔަ އުޅަނދެކެވެ. އަދި އުޅަނދުގައި ތިބީ ގިނައިން އަންހެން ދަރިވަރުންނާއި 18 އަހަރުން ދަށުގެ ކުދިންކަން ފާހަގަކޮށްލެވެއެވެ.






ރިއެކްޓް