ޝަހުޒާނާއި ލީވާނުގެ އަޑުއެހުންތައް ސިއްރުކޮށްފި
ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރާއި ޚިލާފުވީކަމަށް ތުހުމަތުކޮށް "އަދަދު" ގެ ނޫސްވެރިންކަމަށްވާ ޝަހުޒާން އަދި ލީވާންގެ މައްޗަށް ބޭއްވޭ "ކޯޓު އަމުރާ ޚިލާފުވުމުގެ މައްސަލައިގެ" އަޑުއެހުންތައް ސިއްރުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓަށް ހާޒިރުވާން އެނގީ މިއަދުގެ ހެނދުނު 11:00 އަށެވެ. އަދި ޝަހުޒާން ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދުގެ މެންދުރުފަހު 13:00 އަށެވެ. ޝަހުޒާން ކޯޓަށް ހާޒިރުކުރަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކާ ގުޅިގެންނެވެ. ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ދަންވަރު ގަޑިއެއްގައި ރައީސް ގުޅުއްވާފައިވާ ކަމުގެ ކޯލް ލޮގުތައް އެބަހުރި ކަމަށް ބުނެ ޝަހުޒާން ކުރި ސުވާލަކީ ކޯޓު އަމުރާ ހިލާފު ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ލީވާން ކޯޓަށް ހާޒިރުވުމުން ކޯޓުން ނިންމާފައިވަނީ އަނގަބަންދުކުރުމުގެ އަމުރާ ގުޅޭގޮތުން ބާއްވާ އަޑުއެހުންތައްް ސިއްރުކުރުމަށެވެ.
ލީވާން ކޯޓަށް ހާޒިރުވެފައިވާއިރު, އޭނާއަށް ވަނީ ޤާނޫނީ ވަކީލެއް ހަމަޖެއްސުމަށް 2 ގަޑިއިރުގެ މުއްދަތެއް ދީފައެވެ. އަދި ޤާނޫނީ ވަކީލަކާއެކު މެންދުރުފަހު 2:00 އަށް ކޯޓަށް ހާޒިރުވުމަށް ކޯޓުނ ވަނީ ލީވާނަށް އަންގާފައެވެ.






ރިއެކްޓް