މާލޭސިޓީ ކައުންސިލްގެ ޤާނޫނީ ބައްދަލުވުންތައް ނުބާއްވާތާ 7 ހަފްތާ
ކޯރަމް ހަމަނުވުމުގެ ސަބަބުން މާލޭސިޓީ ކައުންސިލުން ކޮންމެ ހަފްތާއަކު ބާއްވަންޖެހޭ ޤާނޫނީ ބައްދަލުވުން ނުބާއްވާތާ 7 (ހަތެއް) ހަފްތާވެއްޖެއެވެ.
ސިޓީ ކައުންސިލްގެ މެންބަރު ސައިފް ފާތިހު "ވިރާސީ" އަށް ވިދާޅުވީ ބައްދަލުވުންތައް ނުބޭއްވެނީ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލް މެންބަރުން ބައްދަލުވުމަށް ހާޒިރުނުވާތީ ކަމަށެވެ. އަދި ބައްދަލުވުންތައް ނުބޭއްވުމުގެ ސަބަބުން ސިޓީކައުންސިލުން ކުރަންޖެހޭ މުހިއްމު އެތައް މަސައްކަތްތަކެއް ނުކުރެވި ހުއްޓިފައިވާކަމަށެވެ.
ސިޓީކައުންސިލުގައި 18 މެންބަރުން ތިއްބަވާއިރު، 14 މެންބަރުންނަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. މިމަހު 17 އަށް ކައުންސިލްގެ ދައުރު ނިންމާލާއިރު ގާނޫނީ ބައްދަލުވުން ނުބޭއްވި ކައުންސިލް ހުއްޓުމަކަށް ގޮސްފައި އޮތުމަކީ ދެން ހަވާލުވާ ކައުންސިލަކަށް ކައުންސިލް ހިންގުމަށް ދަތިތައްް ކުރިމަތިވާނެ ކަމެކެވެ.
ބައްދަލުވުންތައް ނުބޭއްވުމުގެ ސަބަބުން ކައުންސިލްް ހިންގުމަށް ކުރިމަތިވާ ދަތިތައް އޮޅުންފިލުވާލުމަށް ސިޓީ ކައުންސިލްގެ މޭޔަރަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.






ރިއެކްޓް