ޚަބަރު , ސިޔާސީ

އެމްޓީސީސީގެ ޑީއެމްޑީ އަކަށް މުބީން

3 މޭ 2026 - 14:28
އެމްޓީސީސީގެ ޑީއެމްޑީ އަކަށް މުބީން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން މިއަދު އައްޔަންކޮށްފި އެވެ.

މުބީން މީގެކުރިން ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެއްކޮށްލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދަނިކޮށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. 

މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މި ބަދަލުތަކުގެ ތެރެއިން ބައެއް ކުންފުނިތަކުގެ އިސްވެރިން މަގާމުން ވަކިކުރައްވާފައިވާއިރު، ބައެއް ބޭފުޅުން ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ސަރުކާރުން މިހާރު ދަނީ މިގޮތުން ހުސްވާ މަގާމުތަކަށް އާ ވެރިން އައްޔަންކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މުބީން އެމްޓީސީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރެއްވީވެސް މި ގެންނަ އިދާރީ ބަދަލުތަކުގެ ތެރެއިންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0