ޚަބަރު , ސިޔާސީ

ފައްޔާޒަކީ ޝަހުސިއްޔަތު އެންމެ ވަރުގަދަ އިދިކޮޅު ލީޑަރު: ރައީސް ނަޝީދު

3 މޭ 2026 - 10:01
ފައްޔާޒަކީ ޝަހުސިއްޔަތު އެންމެ ވަރުގަދަ އިދިކޮޅު ލީޑަރު: ރައީސް ނަޝީދު

ފައްޔާޒް އިސްމާއިލް އަކީ އެމަނިކުފާނަށް މިވަގުތު ފެންނަން ހުރި ޝަހުޝިއްޔަތު އެންމެ ވަރުގަދަ އިދިކޮޅު ލީޑަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "ބޮޑު ބަދަލު" ކިޔައިދިނުމަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން، ރޭ ދ. ކުޑަހުވަދޫގައި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ފައްޔާޒްއާއެކު ރާއްޖޭގެ އެކި ރަށްރަށަށް މި ދަތުރުތައް ކުރައްވަނީ، އޭނާއަކީ މިވަގުތު ރާއްޖޭގައި ހުރި ޝަހުޝިއްޔަތު ވަރުގަދަ އިދިކޮޅު ލީޑަރު ކަމަށް ގަބޫލުކުރެއްވޭތީއެވެ. މި ދަތުރުތަކަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ނަޝީދު ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައި ކުރިއަށްދާ ކެމްޕެއިން ހަރަކާތްތަކެކެވެ.

މި ދަތުރުތަކުގައި ދެ ބޭފުޅުން ގުޅިގެން ގެންދަވަނީ ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ "ބޮޑު ބަދަލު" ތަކުގެ ތަފްސީލު ރައްޔިތުންނަށް ހިއްސާކުރައްވަމުންނެވެ. މީގެ އިތުރުން، ކޮންމެ ރަށަކުން ވެސް މި ހުށަހެޅުންތަކާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރައީސް ނަޝީދު ފައްޔާޒަށް ތައުރީފު ކުރައްވާފައި މިވަނީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު މި ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ފައްޔާޒް އިސްމާއިލް އިއުލާން ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0