ސްޓެލްކޯ އެމްޑީގެ މަގާމަށް އަޒްވަރު އައްޔަނުކޮށްފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ސ. ހިތަދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި އިއުލާނެއްގައެވެ.
ޕީސީބީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފައިވަނީ 28 އެޕްރިލް 2026 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޑރ. އަޒްވަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވި ތިންވަނަ ބޭފުޅާއެވެ.






ރިއެކްޓް