"އަދަދު" އޮފީހަށް ފުލުހުން ވަނުން ފައްޔާޒު ކުށްވެރި ކުރައްވައިފި
އޮންލައިން ނޫސް "އަދަދު" ގެ އޮފީހަށް ފުލުހުން ވަނުމާ ގުޅިގެން، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އިދިކޮޅު އެމްޑީޕީގެ ރައީސް ފައްޔާޒު އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފައްޔާޒު މިކަން ކުށްވެރިކުރެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ދިވެހި ފުލުހުން މިހާރު ކުރަމުންދާ ކަންކަމަކީ ބިރުދެއްކުމާއި ސިޔާސީ ގޮތުން ދުއްތުރާކުރުން ފިޔަވައި އެހެން ކަމެއް ނޫން ކަމަށެވެ.
ފައްޔާޒުގެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވަމުން ވިދާޅުވީ، ރައީސް މުއިއްޒުގެ މަގުބޫލުކަން ދުވަހުން ދުވަހަށް ކުޑަވަމުންދާތީ، އެމަނިކުފާނު މިހާރު ވަނީ ފުލުހުން ބޭނުންކޮށްގެން އިދިކޮޅު އަޑުތައް ކަނޑުވާލުމަށް މަސައްކަތް ފައްޓަވާފައި ކަމަށެވެ.
މީގެ އިތުރުން، މިނިވަން ނޫސްވެރިކަމަށް ދެމުންދާ މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ. "މިނިވަން ނޫސްވެރިކަމަށް ދެމުންދާ މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް އަޅުގަނޑުމެން ގޮވާލަމެވެ،" ފައްޔާޒު ވިދާޅުވިއެވެ.






ރިއެކްޓް