ޚަބަރު , ވިޔަފާރި

ހުޅުމާލެ ފޭސް ދޭއްގެ ބޮޑު ސަރަހައްދަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

25 އޭޕްރީލް 2026 - 14:57
ހުޅުމާލެ ފޭސް ދޭއްގެ ބޮޑު ސަރަހައްދަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ބައެއް ޓަވަރުތަކުން މިއަދުވެސް ކަރަންޓުގެ ހިދުމަތް މެދު ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ވިދާޅުވީ އެ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިޔާ ޓަވަރު 5، 6، އަދި 7 ގެ އިތުރުން ވިނަރެސްގެ 10 ޓަވަރު ހިމެނެއެވެ. މީގެ އިތުރުން އަމާން ދޯދި 12، 13، 14، 15، 16 އާއި އަމާން އުދަރެސް 5، އަދި 6 ގެ އިތުރުން އެމްޕީއެލް ޓަވަރުތަކުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ދެނެގަނެ، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ 12 ވަނަ ދުވަހުވެސް ފޭސް 2 ގެ ގިނަ ޓަވަރުތަކުން 6 އާގަޑިއިރާއި 15 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ކަރަންޓު ކެނޑިފައިވެއެވެ. އެ ދުވަހުވެސް ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0