ޚަބަރު

ދަނާލުގައި ނިޔާވި ކުއްޖާއާ ބެހޭގޮތުން ސައްހަ ނޫން ވާހަކަ ނުފަތުރަން ފުލުހުން އެދިއްޖެ

21 އޭޕްރީލް 2026 - 20:02
ދަނާލުގައި ނިޔާވި ކުއްޖާއާ ބެހޭގޮތުން ސައްހަ ނޫން ވާހަކަ ނުފަތުރަން ފުލުހުން އެދިއްޖެ

ގައުމީ ޔުނިވާސިޓީގެ ދަނާލުގައި 18 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި ހާދިސާއާ ގުޅިގެން، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ދަނާލުގައި ދިރިއުޅޭ ކުއްޖަކު މަރުވެފައިވާ ކަމަށް ރިޕޯޓު ފުލުހުންނަށް ވަނީ ލިބިފަ އެވެ.

ފުލުހުން ބުނީ މި މަރުގެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މިހާރު ދަނީ ތަހުގީގު ހިންގަމުން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

"ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެކެވެ،"ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އަދި މަރުވި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ފަދަ އެއްވެސް މައުލޫމާތެއް ނުފެތުރުމަށް ފުލުހުން ވަނީ ހަރުކަށިކޮށް އިލްތިމާސްކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލައިގައި ބަލަންޖެހޭ ހުރިހާ ފަންނީ ކަންކަން ބަލަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0