ޚަބަރު , ސިޔާސީ

މިރޭގެ އިހްތިޖާޖުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ

21 އޭޕްރީލް 2026 - 18:44
މިރޭގެ އިހްތިޖާޖުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ

އެމްޑީޕީން ސިލްސިލާކޮށް ކުރަމުންދާ އިހްތިޖާޖުތަކުގެ ތެރެއިން މިރޭ މާލޭގެ މަގުތަކުގައި ބާއްވާ އިހްތިޖާޖުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަން އެމަނިކުފާނު ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ އެމްޑީޕީގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

މިއީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ފަށާފައިވާ ސިލްސިލާ ހަރަކާތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

ސަރުކާރަށް 12 ޑިމާންޑެއް ހުށަހަޅައި، އެ ކަންކަން ފުއްދުމަށް ގޮވާލައި އެމްޑީޕީން ދަނީ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ. 

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، ސަރުކާރުން މަޝްވަރާގެ މޭޒަށް ނާންނަ ނަމަ މަގުމަތީގެ އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

މިރޭގެ މުޒާހަރާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ފަހަކަށް އައިސް އެމަނިކުފާނު މަގުމަތީގެ އިހްތިޖާޖެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0