ޚަބަރު

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

21 އޭޕްރީލް 2026 - 11:59
ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ފުލުހުން ބަލަމުން އަންނަ ވައްކަމުގެ މައްސަލައަކާ ގުޅިގެން، ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އެދިއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ މީހާ ހޯދަމުންދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ވީޑިއޯއެއް ފުލުހުން ވަނީ މިހާރު އާންމުކޮށްފައެވެ.

ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އެ މީހާ އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެ މަޢުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މީހާއާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ މައި ނަންބަރު 3322111 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ މައްސަލަތަކުގައި ކުށްކުރާ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0