ޚަބަރު

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

15 އޭޕްރީލް 2026 - 21:14
ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމަށް ހަސަން ރަޝީދު މިރޭ އައްޔަންކުރައްވައިފިއެވެ. މި މަގާމަށް އޭނާ އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވާފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ޢައްސާން މައުމޫން އިއްޔެގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސަރުކާރުގެ ކެބިނެޓަށް މި ގެނައި ބަދަލަކީ އިއްޔެ ކެބިނެޓުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ގެނައި ބަދަލެކެވެ. ރައީސް މުއިއްޒު ވަނީ ކެބިނެޓުގެ ވަޒީރުން މަދުކޮށް ޖުމްލަ 15 ވުޒާރާއަކަށް ހަދާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0