ޚަބަރު

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ އެމްއާރްއައި ހިދުމަތް މެދުކެނޑިއްޖެ

15 އޭޕްރީލް 2026 - 17:36
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ އެމްއާރްއައި ހިދުމަތް މެދުކެނޑިއްޖެ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ދެމުން އައި އެމްއާރްއައިގެ ހިދުމަތް މެދުކެނޑިފައިވާކަން އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.

މި ހިދުމަތް މެދުކެނޑިފައިވަނީ މެޝިނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

އެ ހޮސްޕިޓަލުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނީ، އެމްއާރްއައި މެޝިން މަރާމާތު ކުރުމުގެ ތެރޭގައި މެޝިނަށް އިތުރު މައްސަލައެއް ދިމާވެފައިވާތީ، އެކަން ހައްލުކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް އެސްޓީއޯއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އޭއީއެޗުން ބުނި ގޮތުގައި ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ހިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހޮސްޕިޓަލުން އެމްއާރްއައިގެ ހިދުމަތް ނުލިބޭތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0