ޚަބަރު

އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު މީހާ މަރުވެއްޖެ

13 އޭޕްރީލް 2026 - 20:13
އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު މީހާ މަރުވެއްޖެ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދިޔަ ބިދޭސީއަކު، ހޮނިހިރު ދުވަހުގެ ރޭ މަރުވެފައިވާ ކަމަށް ފުލުހުން މިއަދު ކަށަވަރުކޮށްދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސޭހާއިރު، މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގައެވެ. 10 ވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ވެއްޓިފައިވަނީ އެ އިމާރާތާ ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށެވެ.

ފުލުހުންގެ އޮފިޝަލަކު "ވިރާސީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ މީހާ މަރުވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަރުވި މީހާގެ ހަށިގަނޑާ ގުޅޭގޮތުން ފުލުހުން ބުނީ، އާއިލާއިން އެދިފައިވާތީ އޭނާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0