ޚަބަރު

ދަރިވަރަކު ޓީޗަރަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

12 އޭޕްރީލް 2026 - 19:05
ދަރިވަރަކު ޓީޗަރަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ 2026 އޭޕްރީލް 12 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:46 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އެ މަދަރުސާގައި މަސައްކަތް ކުރާ ބިދޭސީ މުދައްރިސަކަށެވެ.

މި ހާދިސާގައި އަނިޔާވި މުދައްރިސަށް ފުރަތަމަ ފަރުވާ ދީފައިވަނީ އެ ރަށު ހެލްތު ސެންޓަރުގައެވެ. ނަމަވެސް، އިތުރު ފަރުވާ ބޭނުންވާތީ މިހާރު ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލަ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0