ޚަބަރު

ރެފަރެންޑަމް އަދި ލޯކަލްކައުންސިލް އިންތިޚާބުގެ ވޯޓުލުން ފަށައިފި

4 އޭޕްރީލް 2026 - 08:56
ރެފަރެންޑަމް އަދި ލޯކަލްކައުންސިލް އިންތިޚާބުގެ ވޯޓުލުން ފަށައިފި

ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ހެންދުނު 8:00 ގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 580 އަށްވުރެ ގިނަ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ފަށާފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭގައި އަމިއްލަގޮތުން ވާދަކުރާ 645 ކެނޑިޑޭޓުން ހިމެނެއެވެ.

މިއަދު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ތަސްދީގު ކުރުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ.

އިލެކްޝަނުން ހާމަކުރި ގޮތުގައި މި ވޯޓުގައި ވޯޓު ކަރުދާސް ދޫކުރާނީ ފެންނަ ނުފެންނަ ވޯޓު ލުމަށް ބޭނުންވާ ފަރާތްތަކަށް އެކަންޏެވެ. އަދި ވޯޓުލާން ބޭނުންނުވާ މީހުން ވޯޓުލާ މަރުކަޒުގައި އެވަގުތު އިޢުލާންކުރާނެ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0