ގައްދޫ ވޯޓުއަޅާ މަރުކަޒު ކައިރީގައި ހުރި ކަރަންޓު ފޮއްޓެއްގައި އަލިފާން ރޯވެއްޖެ
ގދ. ގައްދޫ ސްކޫލު ކައިރީގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްްގައި އަލިފާން ރޯވެއްްޖެއެވެ.
ގައްދޫގައި ވޯޓުއަޅާ މަރުކަޒު ގާއިމުކޮށްފައިވާ "ގދ. އަތޮޅު މަދަރުސާ" ގެ އުތުރަށް އޮންނަ މަގުގައި ހުރި މި "ޑީބީ" ގައި ރޯވި އަލިފާނުގެ ސަބަބުން އެ ފޮށި ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
މި ހާދިސާގެ ސަބަބުން ގައްދޫގެ އެންމެ އުތުރަށް އޮންނަ ރޯހައުސް ސަރަހައްދުން ބައިގަޑިއިރެއްހާއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ކަމަށް ފެނަކަ ގައްދޫ ބްރާންޗުން މަޢުލޫމާތު ދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާއި ކަރަންޓު ފޮށީގައި އަލިފާން ރޯވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް "ވިރާސީ" އަށް މަޢުލޫމާތު ދެމުން ފެނަކައިގެ އިސްވެރިއަކު ވަނީ ވިދާޅުވެފައެވެ.






ރިއެކްޓް