ޚަބަރު

ފަޅުގެއެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ

1 އޭޕްރީލް 2026 - 16:17
ފަޅުގެއެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭސިޓީގެ ގެއެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތް ދިވެހި ޒުވާނަކު ފެނިއްޖެއެވެ.

ގަލޮޅު ފާށަނާކިލެގެ މަގާއި ބޮޑުރަސްގެފާނުމަގާއި ގުޅޭ ހިސާބުގައި, ހަނި ގޯޅިއެއްގައި ހުންނަ ގެއެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ނ. ވެލިދޫއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނެއ ކަމަށް މަޢުލޫމާތު ލިބެއެވެ.

ފްރެޝްލައިޓް ނަމަކަށް ކިޔާ މިގެއަކީ ޑުރަގު ކެފޭއެއް ގޮތަށް ބޭނުންކުރާތަނެއްގެ ގޮތުގައި ފާހަގަވެފައިވާ ގެއެއް ނަމަވެސް މީހުން ދިރިނޫޅޭ ގެއެއްކަމަށް މަޢުލޫމާތު ލިބެއެވެ. އެ ސަރަހައްދުގައި ހުރި މީހަކު މަޢުލޫމާތު ދިން ގޮތުގައި އެމީހާ ފެނުނު އިރު އޮތީ ދަންޖެހިފައެވެ. ނަމަވެސް ހަށިގަނޑުގައި އަނިޔާގެ ޒަހަމްތައް ފެންނަން ހުރުމުން އެއީ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭކަމަށް އެމަންޒަރު ފެނުނު މީހަކު މަޢުލޫމާތު ދިނެވެ.

ގަލޮޅު ކަންމަތި ކައިރިން. - ފޮޓޯ: ވިރާސީ
ގަލޮޅު ކަންމަތި ކައިރިން. - ފޮޓޯ: ވިރާސީ

ނަމަވެސް މޯލްޑިވްސް ސަރވިސް އިން ވަނީ މިއީ އަމިއްލައަށް މަރުވި ކަމަށް ބެލެވޭ މައްސަލައެއް ކަމަށް ބުނެފައެވެ. ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ "އެ މައްސަލައަކީ އަމިއްލައަށް މަރުވުމުގެ މައްސަލައެއް" މިފަދައިންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0