ކައުންސިލް އިންތިހާބާ ދިމާކޮށް ޖަމާޢަތްތެރިންނަށްވެސް ޚާއްސަ އިނާޔަތެއް
ކައުންސިލް އިންތިހާބާ ދިމާކޮށް ޖަމާޢަތްތެރިންނަށް ޚާއްސަ މާލީ އިނާޔަތެއް ކަނޑައަޅާ، އެކަމާ ގުޅޭ އުސޫލު އާންމުކޮށްފިއެވެ.
އަލަށް ކަނޑައެޅި 'ކޮންޓިނިއުޓީ އެލަވަންސް' އަކީ ޖަމާޢަތްތެރިންގެ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން މަސައްކަތު ގަޑި ހަމަކުރުމަށްފަހު، އެދުވަހެއްގެ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި މަސައްކަތުގައި ހޭދަކުރަންޖެހޭ މުވައްޒަފުންނަށް އެ ދުވަހަކަށް ކަނޑައަޅާފައިވާ އެލަވަންސެކެވެ. މި އެލަވަންސްގެ ގޮތުގައި ދުވާލަކަށް 200 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން ޖަމާޢަތްތެރީންގެ މަސައްކަތުގެ ވަގުތު ކަނޑައަޅަންވާނީ އާންމު އެހެން މުވައްޒަފުންނާ ތަފާތުކޮށް، މަގާމުގެ ޒިންމާތައް އަދާކުރާ ވަގުތަކީ މަސައްކަތުގެ ވަގުތުގެ ގޮތުގައި އޮންނަ ގޮތަށް ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އަލަށް އާންމުކުރި އުސޫލުގައިވާ ގޮތުން، ޖަމާޢަތްތެރިންގެ ޖޮބް މެޓްރިކްސްގައި ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް، މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ދޭންވާނެއެވެ. އަދި މަސައްކަތުގެ ވަގުތުގެ ގޮތުގައި ކަނޑައަޅާ ވަގުތުގެ ދެބައިކުޅައެއްބައި ވަގުތު ޚިދުމަތް ކުރުމުންވެސް، އެއިން ކޮންމެ ދުވަހަކަށް ހާޒިރީ އިނާޔަތް ލިބޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، އިންތިހާބާ ދިމާކޮށް ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ބުނެ މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ވެސް މި މަހުން ފެށިގެން ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.






ރިއެކްޓް