ފިތުރު ޢީދުގެ މުނާސަބަތުގައި އާދީއްތަ ދުވަހު ސަރުކާރު ބަންދު
ފިޠުރު ޢީދުގެ މުނާސަބަތުގައި އަންނަ އާދީއްތަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފިއެވެ.
މި ނިންމުމާއެކު. ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ މި ހިނގާ އޭޕްރިލް މަހުގެ 23 ވާ ހޯމަ ދުވަހު އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ. މިއީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލެކެވެ.
އެހެންކަމުން، މި ފެށޭ ހަފުތާގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިތައް ހަމަޖެހިފައިވަނީ ކުރު ގަޑިތަކެއްގެ ގޮތުގައެވެ. ހޯމަ ދުވަހުން ފެށިގެން އޮފީސްތައް ހުޅުވޭއިރު، މަސައްކަތް ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.
މި ބަދަލާއެކު އާންމު ރައްޔިތުން، ސަރުކާރުގެ ޚިދުމަތްތައް ހޯދުމުގައި މި ގަޑިތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ.






ރިއެކްޓް