ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ
ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ޖުމްލަ ފަސް މީހުންދަތުރުކުރަމުން ދިޔައެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.
މި ހާދިސާގައި ސަލާމަތްވި ތިން މީހުންނަށް މިހާރު ދަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެމީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ގެއްލުނު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.






ރިއެކްޓް