ޚަބަރު

ނުރައްކާވާ ގޮތަށް ދުއްވި ބައިސްކަލުތަކެއް ޓޯ ކޮށްފި

19 މާރިޗު 2026 - 12:34
ނުރައްކާވާ ގޮތަށް ދުއްވި ބައިސްކަލުތަކެއް ޓޯ ކޮށްފި
ފޮޓޯ: ޓިކްޓޮކް

ފުވައްމުލައް ސިޓީގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް ބަދަލުތަކެއް ގެނެސްފައިވާ ބައިސްކަލަކާއި، މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ދުއްވި ތިން ބައިސްކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯ ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ފުވައްމުލަކުގައި ގާނޫނާ ހިލާފުވި މި ހަތަރު ބައިސްކަލު ޓޯ ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް މޮޑިފިކޭޝަން ގެނެސްފައިވާ ބައިސްކަލަކާއި، އާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް ދުއްވި ތިން ބައިސްކަލެކެވެ.

މި އުޅަނދުތައް ހިފެހެއްޓި ސަބަބުތަކާ ގުޅޭގޮތުން އޮފިޝަލް ވިދާޅުވީ، "މި އުޅަނދުތައް ހިފަހައްޓާފައިވަނީ ދުވާރުމަތިން ދުއްވުމާއި، އެހެން އުޅަނދުތަކަށް ހުރަސްއެޅޭ ގޮތަށް ނުރައްކާތެރިކޮށް ޒިގްޒެގްކޮށް ދުއްވުމުގެ އިތުރުން، ބައިސްކަލުގައި ދެމީހުން އަރައިގެން ދުއްވުމާ ގުޅިގެން،" ކަމަށެވެ.

ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ފިޔަވަޅުތަކަކީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން އަޅާފައިވާ ފިޔަވަޅުތަކެކެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަންނަނީ މާލެއާއި އަތޮޅުތެރޭގައިވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 1