އީދު ނަމާދަށް ބައެއް މަގުތައް ބަންދު ކުރާތީ ވެހިކަލްތައް ނަގަން އަންގައިފި
މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ ފިތުރު އީދު ނަމާދާ ގުޅިގެން މާލޭގެ ބައެއް މަގުތައް ބަންދުކުރުމަށް ނިންމާފައިވާތީ، އެ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.
ފުލުހުން ރޭ ވިދާޅުވީ، ފިތުރު އީދު ނަމާދަށް އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކާ ގުޅޭ ޗާޓެއްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
Loading tweet content... View original tweet
ފުލުހުންގެ އިރުޝާދުގެ ދަށުން، ޗާޓުގައި ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް، މިއަދުގެ 15:00 ގެ ކުރިން އެ ސަރަހައްދުތަކުން ނަގައި ހުސްކުރުމަށް ވަނީ އަންގާފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، "މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަން. އަދި މި އިންތިޒާމުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދެން،" ކަމަށެވެ.






ރިއެކްޓް