ޚަބަރު

އުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޭރުނު މީހަކު އާންމުން ހިފަހައްޓައިފި

18 މާރިޗު 2026 - 21:58
އުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޭރުނު މީހަކު އާންމުން ހިފަހައްޓައިފި
މާލޭގެ މަގެއްމަތި، ފޮޓޯ: ވިރާސީ

މާލޭގެ މާފަންނު، މިރިއަސް މަގުން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޭރުނު މީހަކު އާންމުން ނުކުމެ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 20:30 އެހައިކަންހާއިރުއެވެ. ފޭރުމުގެ މި އަމަލު ހިންގާފައިވަނީ މަގުމަތިން ހިނގާފައި ދިޔަ 66 އަހަރުގެ ދިވެހި އަންހެނަކަށް އަމާޒުކޮށްގެންނެވެ.

މި ހާދިސާއާ ގުޅިގެން އާންމުން ހިފެހެއްޓި ދިވެހި ފިރިހެން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހާދިސާ ހިނގި ސަރަހައްދުގައި ތިބި އާންމުން އޭނާ ހިފަހައްޓައި ފުލުހުންނާއި ހަވާލުކުރުމުންނެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް މި ހާދިސާގައި އެ އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ފޭރުނު ތަކެތީގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0