ކުރީގެ ޑްރަގް ކޯޓު ކައިރީގައި ހުރި އިމާރާތެއް ރޯވެ އަނދަނީ
މާލޭގެ ކުރީގެ ޑްރަގް ކޯޓު ކައިރީގައި ހުރި އިމާރާތެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޒުއްދީން މަގާއި ފިލޯނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި "ޕްރައިމް ގޯޑައުން" (Prime Godown) ގައެވެ. މި އިމާރާތުގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، މުޅި ސަރަހައްދަށް ވަނީ ދުންބޮޑުވެފައެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބެއް ވެސް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.






ރިއެކްޓް