ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު މަރުވެއްޖެއެވެ.
މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ. އަދި އޭގެތެރެއިން ދެ މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބި އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާލެއިން ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭނެއެވެ.
މި އަލިފާންގަނޑު މިހާރުވަނީ އެއްކޮށް ނިއްވާލެވިފައެވެ.






ރިއެކްޓް