އިރާނުގެ ސަރުކާރި އެހާ އަވަހަށް ބަދަލު ނުކުރެވޭނެކަމަށް އެމެރިކާގެ އިންޓެލިޖެންސުން ބުނެފި: ރިޕޯޓު
ޱމެދުއިރުމަތީގައި ހިނގަމުންދާ އަސްކަރީ ހަމަލާތަކާއި އިތުރުވަމުންދާ ހަމަނުޖެހުންތަކާ އެކުވެސް، އީރާނުގެ ސަރުކާރު ހަމަޖެހިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރު ވެއްޓިދާނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ގަބޫލުކުރާކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.
އިންޓެލިޖެންސް ހޯދުންތަކާ ބެހޭ މައުލޫމާތު އެނގޭ އެމެރިކާގެ އޮފިޝަލުން ދެއްވި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި، އީރާނުގެ ސިޔާސީ ލީޑަޝިޕާއި ސަލާމަތީ މުއައްސަސާތައް އަދިވެސް ދަނީ ހިނގަމުންނެވެ. އަދި ގައުމުގެ ކޮންޓްރޯލް އެ މުއައްސަސާތަކުގެ އަތްދަށުގައި އެބައޮތެވެ. ދައުލަތުގެ އޮނިގަނޑު ވަގުތުން ރޫޅިގެން ހިނގައިދާނެ ފަދަ އެއްވެސް ނިޝާނެއް މިހާރު ފެންނާކަށް ނެތްކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.
މި ރިޕޯޓުތަށް އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އަސްކަރީ އަދި ސްޓްރެޓީޖިކް އަމާޒުތަކަށް ހަމަލާތައް ދެމުންދާތާ ހަފުތާތަކެއް ވެފައިވަނިކޮށެވެ. މި ހަމަލާތަކާ އެކުވެސް، އީރާނުގެ ވެރިކަމުގެ ނިޒާމު، އޭގެ ތެރޭގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ފަދަ ބާރުގަދަ ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް، ބަދަހިކޮށް އޮތް ކަމަށާއި، ގައުމުގެ ދާހިލީ ހަމަޖެހުން ދެމެހެއްޓުމުގެ ގާބިލުކަން އެބަހުރި ކަމަށް އިންޓެލިޖެންސް އޮފިޝަލުން ބުނެ އެވެ.
މީގެ އިތުރުން، އީރާނުގެ އެތެރޭގަޔާއި ބޭރުގައި އިދިކޮޅު ޖަމާއަތްތައް ހުރި ނަމަވެސް، ސަރުކާރު ވައްޓާލުމަށް ބޭނުންވާ ގާބިލުކަމާއި އިންތިޒާމުތައް މިވަގުތު އެ ފަރާތްތަކުގެ ކިބައިގައި ނެތް ކަމަށްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.






ރިއެކްޓް