ސްކޭމް މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އެ މީހާ ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ގދ. ހޯނޑެއްދޫ، ފެހިވިނަމާގެ، އަޒުހީމް ސަޢީދު (36އ) އެވެ. ފުލުހުން ބުނި ގޮތުގައި އަޒުހީމް ސަޢީދު ހާޒިރުކުރަނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.
އޭނާ ހޯދުމަށް އިއުލާނުކޮށްފައިވަނީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. އަޒުހީމް ސަޢީދު ހާޒިރުވާން އަންގާފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ 14:00 އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.
މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ތަހުގީގަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމުގައި ފުލުހުން ފާހަގަކުރެއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.






ރިއެކްޓް