ހަދަމުން ދިޔަ އިމާރާތަކުން ވެއްްޓުނު ބިދޭސީއަކަށް ފަރުވާދެނީ
ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި ލިބުނު ސީރިއަސްް އަނިޔާތަކަކަށް ފަރުވާދެމުންދާކަމަށް ހުޅުމާލޭ ހޮސްޕިޓަލުންް ބުނެފިއެވެ.
ބިދޭސީ މީހާއަށް ފަރުވާ ދެމުންދަނީ އޭނާ ވެއްޓުނު ވަގުތު ބަނޑަށް ތޫނު އެއްޗެއް ހެރިފައިވުމުން ބަނޑަށާއި ގޮހޮރަށް ލިބިފައިވާ ގެއްލުންތަކަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އަނިޔާ ވެފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްްވާ 30 އަހަރުގެ ފިރިހެނަކަށެވެ. އަދި މިމީހާ އަށް ލިބިފައިވާ ޒަހަމްްތަކަށް ފަރުވާދިނުމަށް އޮޕަރޭޝަނެއް ކޮށްފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.






ރިއެކްޓް