ގަމު ލިންކްް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ
ލ. ގަމު ތުނޑީ ލިންކުރޯޑުގައި ހިނގި އެކްސިޑެންޓެއްގައި، ދެމީހަކަށް އަނިޔާވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާ ގޮތުގައި ގަމު ތުނޑި، ލިންކުރޯޑުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއްގެ ރިޕޯޓު ރޭ 21:36 ހާއިރު ލިބިފައިވެއެވެ.
އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވި ދެމީހުނަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަކަމަށްވެސް މީޑިއާތަކަށްް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަނހެނަކާއި ފިރިހެނަކަށެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ އެ އިދާރާއިން ދަނީ ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް