ޚަބަރު

އިތުރު 17 ފްލައިޓެއްް ކެންސަލްވެ ތާށިވެފައިވާ ފަތުރުވެރިންގެ އަދަދު 4000 އިން މައްޗަށް

2 މާރިޗު 2026 - 00:18
އިތުރު 17 ފްލައިޓެއްް ކެންސަލްވެ ތާށިވެފައިވާ ފަތުރުވެރިންގެ އަދަދު 4000 އިން މައްޗަށް
ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ -- ފޮޓޯ: ވިރާސީ

އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދީފައިވާ ހަމަލާތަކަށް ފަހު ގުޅިގެން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން މެދުއިރުމައްޗަށް ރާއްޖެއިން ފުރަންް އޮތް އިތުރު ފްލައިޓްތަކެއް ކެންސަލްވެ, ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ތާށިވުމުގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ.

މާރިޗް މަހުގެ 1 ވަނަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ގަތަރު ފަދަ ގައުމުތަކާއި ރާއްޖެއާ ދެމެދު ޝެޑިއުލް ކޮށްފައިވާ 19 ފްލައިޓެއް ކެންސަލްކޮށްފައިވާއިރު, މާދަމާ (2 މާރިޗް) ވަނަ ދުވަހު 17 ޝެޑިއުލް ފްލައިޓް މިހާތަނަށް ވަނި ކެންސަލް ކޮށްްފައެވެ. މީގެ ސަބަބުން ރާއްޖޭގައި ތާށިވެފައިވާ ފަތުރުވެރިންގެ އަދަދު 4000 އާއި ގާތް ކުރާނެއެވެ.

އެމްއޭސީއެލް އިން މަޢުލޫމާތުދެއްްވި ގޮތުގައި 1 މާރިޗްގައި ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން 3500 އެއްހާ ފަތުރުވެރިންނަށް ވަނީ އަސަރުކޮށްފައެވެ.

ފްލައިޓްތައ ކެންސަލް ކޮށްފައިވާ އެއާޕޯޓުތަކުގެ ތެރޭގައި ދުބާއީ އެއާޕޯޓާއި ދޯހާ އެއާޕޯޓާއި އަބޫދާބީ އަދި ބަހްރެއިންގެ އެއާޕޯޓުތައް ހިމެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0