މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ދެމީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ސިޓީން ދެ މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / ނަޞްރު، މުޙައްމަދު ޝާކިރު (47އ) އާއި ހދ. ކުޅުދުއްފުށި / މޫންރީފް، މުޙައްމަދު އިބްރާހީމް (38އ) އެވެ.
މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓު މުޙައްމަދު އިބްރާހީމްގެ އަތުން ފެނިފައިވެއެވެ. އަދި މުޙައްމަދު ޝާކިރުގެ އަތުން ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
ފުލުހުންް މަޢުލޫމާތުދިން ގޮތުގައި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އިބްރާހީމް (38އ) ހަތްދުވަހަށް އަދި މުޙައްމަދު ޝާކިރު (47އ) ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ






ރިއެކްޓް