ޚަބަރު

ރޯދަ މަހު ދުވާލު ޗުވިންގަމެއް ކެއި މީހެއްގެ ބަންދަށް ހަތް ދުވަސް

19 ފެބްރުވަރީ 2026 - 21:04
ރޯދަ މަހު ދުވާލު ޗުވިންގަމެއް ކެއި މީހެއްގެ ބަންދަށް ހަތް ދުވަސް

ރޯދަ މަހު ދުވާލު ވަގުތުގައި މަގުމަތީގައި ހުރެ ޗުވިންގަމެއް ކެއި މީހަކު ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ. 

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން 25 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައިވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު މަގުމަތީގައި ހުރެ ޗުވިންގަމެއް ކެއި މައްސަލައެއްގައެވެ. 

ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ މިފަދަ މައްސަލަތަކުގެ ބަންދު ރެކޯޑު އޮންނަ މީހެކެވެ. 

މީގެ އިތުރުންވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހު ވަނީ މަގުމަތީގައި ކެއި މައްސަލައެއްގައި އިތުރު މީހަކު ވެސް ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ހައްޔަރުކުރި 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކޯޓުން ޖަހާފައިވަނީ ފަސް ދުވަހެވެ. 

ރޯދަ މަހުގެ ދުވާލު ވަގުތު ޝަރުޢީ އުޒުރެއް ނެތި އާންމު ތަންތަނުގައި ކައިބޮއެ ހެދުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0