ހުޅުމާލޭގައި ޕިކަޕެއް ދަށުވެ މީހަކު ނިޔާވެއްޖެ
ހުޅުމާލޭގައި ޕިކަޕެއްގެ ދަށުވެ މީހަކު ނިޔާވެއްޖެއެވެ.
ފުލުުހުން މަޢުލޫމާތުދެއްވި ގޮތުގައި ޕިކަޕެއްގެ މަސައްކަތެއް ކުރުމަށް ޕިކަޕެއްގެ ދަށުގައި އޮތް މީހެއްގެ މައްޗަށް އެ ޕިކަޕު ވެއްޓުނުކަމުގެ ރިޕޯޓް އިއްޔެގެ މެންދުރު 11:05 ގައި ލިިބިފައިވެއެވެ.
އަދި މިހާދިސާގައި އެމީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއްވާފައިވާ ކަމަށާއި ނިޔާވި މީހާއަކީ 60 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި މި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






ރިއެކްޓް