ދުނިޔެ

ރޯދަމަހާ ދިމާކޮށް އިސްރާއީލުން ގާޒާއަށް ކަރުނަގޭސް އުކާ ޑްރޯންތަކެއް ފޮނުވަނީ

15 ފެބްރުވަރީ 2026 - 19:40
ރޯދަމަހާ ދިމާކޮށް އިސްރާއީލުން ގާޒާއަށް ކަރުނަގޭސް އުކާ ޑްރޯންތަކެއް ފޮނުވަނީ
ފޮޓޯ: އަލްޖަޒީރާ

ކުރިއަށް އޮތް ބަރަކާތްތެރި ރޯދަމަހާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ނަމުގައި، އިސްރާއީލުން "ސަޕްރައިޒް އެގް" ގެ ނަމުން ނަންދީފައިވާ، ކަރުނަގޭސް އުކާ ޑްރޯންތަކެއް ގާޒާގެ ބައެއް ސަރަހައްދުތަކަށް ފޮނުވުމަށް  ތައްޔާރުވަމުންދާކަމަށް ރިޕޯޓުކޮށްފިއެވެ.

ވައިގެ ތެރެއިން ކަރުނަގޭސް ދަޅު އުކުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން ސިސްޓަމްތައް ހޯދުމުގެ ހުއްދަ ދީފައިވަނީ، އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގަވީރުގެ ބެލުމުގެ ދަށުން ހިންގާ ނެޝަނަލް ގާޑުންނެވެ. އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި މި ޓެކްނޮލޮޖީ ބޭނުންކުރުމުގެ މަގްސަދަކީ ގިނަ އަދަދަކަށް މީހުން އެއްވާ ވަގުތުތަކުގައި އެމީހުން ކޮންޓްރޯލްކުރުމެވެ.

އާންމުކޮށް ކޮންމެ ރޯދަމަހަކާ ދިމާކޮށް، މަސްޖިދުލް އަޤްޞާ އާއި އެ ސަރަހައްދުގައި އިސްރާއީލުން އަޅާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރެއެވެ. އެއީ ކޮންމެ ދުވަހަކު އެތައް ހާސް މުސްލިމުންނެއް އަޅުކަން ކުރުމަށް އެ މިސްކިތަށް ޖަމާވާތީއެވެ.

ފަލަސްތީނުގެ އޮފިޝަލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އިސްރާއީލުގެ މި ނިންމުމުގެ ސަބަބުން މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ވައިގެ މަގުން ކަރުނަގޭސް ޖެހުމަކީ އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، މިހާރުވެސް ނުތަނަވަސްކަން އޮތް ސަރަހައްދުތަކުގައި ކުރިމަތިލުންތައް އިތުރަށް ހޫނުވެގެންދާނެ ކަމެކެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ރޯދަމަހާ ދިމާކޮށް އިތުރު ސިފައިންނާއި ޗެކްޕޯސްޓްތައް ވެސް ދަނީ ގާއިމުކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0