100 އަށްފަހު 20 ރުފިޔާގެ އާ ނޫޓު ވެސް ޗާޕުކޮށްގެން ގެނެސްފި
ދައުރުވާ މިންވަރު މަދުވެގެން 20 ރުފިޔާގެ އާ ނޫޓު ވެސް ޗާޕުކޮށްގެން ގެނެސްފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ސްޓޮކް މަދުވުމާ ގުޅިގެން މިއަދު ގެނެސްފައިވަނީ 20 ރުފިޔާގެ ނޫޓު ކަމަށެވެ. ނަމަވެސް އަލުން އެތެރެކޮށްފައިވަނީ ކިހާ އަދަދެއް ކަމެއް ހާމަ ނުކުރެއެވެ.
ވިހި ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފައިވަނީ 100 ރުފިޔާގެ އާ ސްޓޮކެއް ޗާޕުކޮށްގެން ގެނައިތާ މާ ދުވަސް ނުވަނީހެވެ. މިދިޔަ އަހަރު ވެސް 100ރ. ގެ އާ ސްޓޮކެއް ގެނެސްފައިވެއެވެ.
ދައުރުވާ މިންވަރު މަދުވުމާ ގުޅިގެން ދޭތެރެއިން އާ ނޫޓުގެ ސްޓޮކް ބާޒާރަށް ނެރުމަކީ އާންމު އުސޫލުން ކުރަމުން އަންނަ ކަމެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.






ރިއެކްޓް