ކަނޑުމަގުން އެތެރެކުރަން އުޅުނު 36 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގެންފި
ރާއްޖެ އެެތެރެކުރަން އުޅުނު 36 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، މި މަހުގެ 12 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ބެލި ބެލުމުން، އެ ތަކެތި ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި ތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުރި ކަމަށާއި މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މި މައްސަލަ ތަހުގީގުކުރުމަށް މި ތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާ ހަވާލުކުރެވިފައެވެ.






ރިއެކްޓް