ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓަށްފަހު ދެން ނަގާނީ ދައުރު ދަންމާލާ ވޯޓު: ޝާހިދު

12 ފެބްރުވަރީ 2026 - 23:11
ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓަށްފަހު ދެން ނަގާނީ ދައުރު ދަންމާލާ ވޯޓު: ޝާހިދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފަހު ދެން ނަގާނީ ވެރިކަމުގެ ދައުރު ދިގުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. 

އަންނަ އޭޕްރިލް ހައެއްގައި އޮންނަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، ސަރުކާރުން ނަގަން މަސައްކަތް ކުރާ ފެންނަ ނުފެންނަ ވޯޓުގެ ފަހަތުގައި އޮތީ ހީލަތްތެރި ރޭވުމެއް ކަމަށެވެ. 

ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ބޭނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނަގަން އުޅޭ ވޯޓަށް ފަހު, ދެން ފެންނަ ނުފެންނަ ވޯޓެއް ނަގާނީ ވެރިކަމުގެ ދައުރު ދިގުކޮށްލަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މި އަހަރު އެ އަހަނީ ކުރުކޮށްލަން. މި އަންނަ އަހަރު އަހާނީ ދިގުކޮށްލަން. ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ޖައްސާލަން. އޭރުން އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ، އޭގެ ފަހުގައި ރިޔާސީ އިންތިހާބެއް ރާއްޖޭގައި ނޯންނާނެ" ޝާހިދު ވިދާޅުވިއެވެ. 

އެއަށްފަހު ރާއްޖޭގައި ދެން ނަގާނީ ހުސް ފެންނަ ނުފެންނަ ވޯޓު ކަމަށާއި އެއާއެކު ރާއްޖޭގެ ޑިމޮކްރެސީ ވަޅުލެވި, ރައްޔިތުންގެ އަނގަމަތީ މަލަން އެޅުވިގެން ދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0