ޚަބަރު

ފަހި ފްލެޓެއްގައި ބިދޭސީންގެ ގެންގުޅުނު މީހަކަށް ބައިލައްކަ ރުފިޔާގެ ޖޫރިމަނާއެއް

11 ފެބްރުވަރީ 2026 - 19:05
ފަހި ފްލެޓެއްގައި ބިދޭސީންގެ ގެންގުޅުނު މީހަކަށް ބައިލައްކަ ރުފިޔާގެ ޖޫރިމަނާއެއް

ފަހި ފްލެޓެއް ކުއްޔަށް ދީ، އެ ތަނުގައި ބިދޭސީން ގެންގުޅޭ ލޭބަރު ކުއާޓާއަކަށް ހެދި މައްސަލާގައި ޖޫރިމަނާކޮށްފިއެވެ. 

އެފްޑީސީން ބުނެފައިވާ ގޮތުގައި، ފަހި ފުލެޓުގައި އުޅޭ މީހަކު އަމާން އުދަރެސް ފްލެޓެއްގައި ލޭބާ ކުއާޓަރު ހިންގާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް, 10 ދުވަސް ތެރޭގައި އެ ތަން ހުސްކުރަން އަންގާފައިވާ ކަމަށެވެ. 

އެތަން ހުސް ކުރަން ދިން މުއްދަތުގައި ނުކޮށްފިނަމަ, ފްލެޓު އަތުލާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. 

މީގެ އިތުރުން ވެސް އެފްޑީސީން ވަނީ ފަހި ފްލެޓް ސަރަހައްދަށް ކުނި އެޅި ދެ މީހަކު ވެސް 8,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0