ޚަބަރު

މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ހޯމަދުވަހު އެއްގަޑިއިރަށް ނޫސްވެރިންނާއި ބައްދަލުކުރާނަން: ރައީސް

5 ފެބްރުވަރީ 2026 - 12:45
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ހޯމަދުވަހު އެއްގަޑިއިރަށް ނޫސްވެރިންނާއި ބައްދަލުކުރާނަން: ރައީސް

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ހޯމަދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާއި ބައްްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މީޑިއާއާ އެކު ބާއްވަމުން އަންނަ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އެމަނިކުފާނު މަޢުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، ޢާއްމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

"ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށްޓަކައި މިއަހަރުގެ މާޗް މަހުން ފެށިގެން ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސް ހަފްތާއަކު އެއް ފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވިއެވެ. މި ބައްދަލުވުންތަކުގެ ތާވަލް ރައީސް އޮފީހުން ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނެއެވެ.

މިއީ ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި ނޫސްވެރިންނަށާއި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު, ވެރިކަމަށް ވަޑައިގަތުމަށްފަހު ދެއަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ރައީސް ނޫސްވެރިންނާއި ބައްދަލުކުރެއްވީ އެންމެ ދެ ފަހަރުއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0