ސަރުކާރު ކުންފުންޏަކުން 10 ރިސޯޓު ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ބަހަން ނިންމައިފި
ފަތުރުވެރިކަމުގެ ސިނާއަތުން ސީދާ ރައްޔިތުންގެ ޖީބަށް ފައިދާވާނެ ގޮތް ހެދުމަށް ސަރުކާރު ކުންފުންްޏަކުން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި 10 ރިސޯޓު ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާ ރައްޔިތުންގެ ބޭންކް އެކައުންޓުތަކަށް ޖަމާކުރުމަށް ނިންމާފަިއވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަން ރާއްޖޭގައި ފެށިތާ 54 އަހަރު ވެއްޖެ ކަމަށާއި މިއަދާއި ހަމައަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ސިނާއަތުން ސީދާ ގޮތެއްގައި ފައިދާވަމުން ނުދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި މިކަމަށް ދާއިމީ އަދި ނިޒާމީ ހައްލެއް ހޯދުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ސަރުކާރު ކުނންފުންޏެއް މެދުވެރިކޮށް, 10 ރިސޯޓު ތަރައްގީކޮށް, އެ ރިސޯޓުތަކުގެ ހިއްސާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބަހާލުމަށް ވަނީ ނިންްމާފައެވެ.






ރިއެކްޓް