ރިޔާސީ ބަޔާން އިއްވާއިރު، އިދިކޮޅުން އިހުތިޖާޖުގައި
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުންދާއިރު، ތަޅުމުގައި އިދިކޮޅު މެންބަރުން އިހުތިޖާޖުކުރަން ފަށައިފިއެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އިދިކޮޅު މެންބަރުން ކުރަމުން އަންނަނީ ހިމޭން އިހުތިޖާޖެކެވެ. އެހެންނަމަވެސް މުއިއްޒު ރިޔާސީ ބަޔާން އަމިއްލަ ގޮނޑީގައި އިއްވަވާއިރު، މެންބަރުން ދަނީ އަޑުގަދަކޮށް ކަށިގަނޑު ފުމެމުންނެވެ.
އެމްޑީޕީ މެންބަރުން ގޮނޑީގައި ތިއްބެވީ ވެސް އެކި އެކި ޝުއޫރުތައް ހިމެނޭ ޕޯސްޓަރުތަކެއް ހިފައިގެންނެވެ. އެގޮތުން "ރިޔާސީ ދޮގު" ، "ޑރ. ޕިނޯކިއޯ" ފަދަ އެތައް ޕޯސްޓަރުތައް ހިމެނެއެވެ.
ފަހުން ބައެއް މެންބަރުން ވަނީ އެ ގަނޑު ހިފައިގެން މުއިއްޒު ވާހަކަ ދައްކަވަމުން ދަނިކޮށް މަޖިލިސް ރިޔާސަތު ކުރިމަތީގައި ވެސް ހުއްޓިފައެވެ.






ރިއެކްޓް