ޚަބަރު

ދުވާފަރާއި އުނގޫފާރާ ދެމެދު ހާއްސަ ފެރީއެއް ބާއްވަނީ

4 ފެބްރުވަރީ 2026 - 13:38
ދުވާފަރާއި އުނގޫފާރާ ދެމެދު ހާއްސަ ފެރީއެއް ބާއްވަނީ

ރ. އަތޮޅު ވެރިކަން ކުރާ އުނގޫފާރާއި އެ އަތޮޅު ދުވާފަރާ ދެމެދު ހާއްސަ ފެރީއެއް ފަށަން ތައްޔާރުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެފައިވާ ގޮތަށް ފަށާ ދަތުރުތަކެއް ކަމަށެވެ. 

މާދަމާ ފަށާ މި ފެރީ ދަތުރުތަކުގައި ކޮންމެ ދުވަހަކު ވެސް އުނގޫފާރާއި ދުވާފަރާ ދެމެދު ތިން ދަތުރު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ސްޕީޑް ފެރީގައި އެ ދެ ރަށް ދޭތެރޭ 10 މިނެޓުން ދަތުރުކުރެވެއެވެ. 

"މިއީ މި ދެ ރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ރައީސް ނިންމެވި މުހިންމު ނިންމެވުމެކެވެ. މި ހިދުމަތުގެ ދަށުން ކޮންމެ ދުވަހަކު އުނގޫފާރާއި ދުވާފަރާ ދެމެދު ތިން ދަތުރު ކުރާނެއެވެ." މިނިސްޓްރީން ބުނެފައިވެއެވެ. 

އާރްޓީއެލްގެ ހިދުމަތް މިހާރު ވެސް ދެމުން އަންނަ ރ. އަތޮޅުގައި އިތުރު ފެރީއެއް ގާއިމް ކުރީ ޑިމާންޑު ބޮޑުވުމާ ގުޅިގެންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0