ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލާގައި އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ހަލީމް ވެސް އިސްތިއުފާ ދެއްވައިފިއެވެ.
އޮކްޓޫބަރު 2022 ގައި މަގާމާ ހަވާލުވި ސުޖާތާ އިސްތިއުފާ ދެއްވި ކަން ވަނީ ކަށަވަރު ކުރެވިފައެވެ.
ސުޖާތާ އިސްތިއުފާ ދެއްވާފައިމިވަނީ ސަރުކާރުން ބޭނުން ވެގެން ފައިސާ ޗާޕުކުރުމުގެ ގޮތުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތަށް ޕެންޝަން އޮފީހުގެ ބޯޑުން ރުހުން ދީފައިވަނިކޮށެވެ.
peންޝަން ބޯޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއިން ގަތުމަށް ފަހު, އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓްކޮށްގެން ހިންގާ މި މުއާމަަލާތާ ގުޅިގެން އޮފީހުގެ ޗެއާމަން އަހުމަދު އިނާޒް އާ ބޯޑު ބައެއް މެންބަރުން ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އިނާޒްގެ އިތުރުން މި މައްސަލާގައި ޕެންޝަން އޮފީހުގެ ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް އާދަމް 22 އޮކްޓޫބަރު 2025 ގައި އިސްތިއުފާ ދެއްވިއިރު, ސީއެފްއޯގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވެސް ވަނީ 4 ނޮވެންބަރު 2025 ގައި އިސްތިއުފާ ދެއްވާފަ އެވެ.






ރިއެކްޓް