ޑޮލަރު ހޯދައިދޭނެކަމަށް ބުނެ އެކި މީހުން އަތުން ފައިސާއަތުލުމަށްފަހު ފިލައިގެން އުޅޭ އެމްއޭސީއެލްގެ މުވައްޒަފެއްގެ މައްސަލައެއް
ޑޮލަރު ހޯދައިދޭނެކަމަށް ބުނެ އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށްފަހު ފިލައިގެން އުޅޭ މީހެއްގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި މަސައްކަތް ކުރަމުންދާ އަޔާޒު ނަމަކަށް ކިޔާ މި މީހާ ވަނީ ޑޮލަރު ހޯދައިދޭނެކަމަށް ބުނެ އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ޑޮލަރު ހޯދައިނުދިނުމުގެ އިތުރުން ނެގި ފައިސާވެސް އަނބުރާ ރައްދުނުކޮށް ފިލާފައެވެ.
ފައިސާ ނެގުމަށްފަހު އަޔާޒު ލަނޑުދީފައވާ ފަރާތަކުން "ވިރާސީ" އާއި ވާހަކަދައްކަމުން ބުނީ އޭނާގެ ބައްޕަގެ ބޭސްފަރުވާގެ ބޭނުމަށް ޑޮލަރު ހޯދުމަށް 23 ހާހަށްވުރެ ގިނަ ރުފިޔާ އަޔާޒު އަތަށް ދިނުމުން އަޔާޒު ވަނީ ޑޮލަރު ހޯދައިދިނުމުގެ ބަދަލުގައި އެފައިސާ ހިފައިގެން ފިލާފައެވެ. އަދި އެކި ގޮތްގޮތުން އަޔާޒުއަށް ގުޅަން މަސައްކަތްކުރުމުންވެސް އަޔާޒު ފޯނަށް ޖަވާބުދީފައިނުވާކަން ފާހަގަކުރަމުން އެފަރާތުން ވަނީ އަޔާޒުއާއި އެކު ދެކެވިފައިވާ ވާހަކަތަކާއި މުއާމަލާތްތަކުގެ ސްކްރީންޝޮޓްތައް "ވިރާސީ" އާއި ހިއްސާކޮށްފައެވެ.
މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވީ ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ އަދި ބަލަން ފަށާފައިނުވާކަމަށެވެ.
އަޔާޒުގެ މި އަމަލުތަކުގެ ސަބަބުން އަޔާޒު ހަރަކާތްތެރިވާ "ހަބޭސް ބޮޑުބެރު ގްރޫޕް" އިންވެސް ވަނީ އޭނާ އެބޭންޑުން ވަކިކޮށް އަޔާޒުގެ މި ޢަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. "ހަބޭސް ބޮޑުބެރު ގްރޫޕް" އިން ނެރުނު ބަޔާނުގައި ބުނި ގޮތުގައި މިފަދަ ކަންކަމާއި ގުޅިގެން އަޔާޒުއަށް އެކި ފަހަރު މަތީން ނަސޭހަތް ދެވުނު ކަމަށާއި ނަމަވެސް މިފަދަ ކުށްތައް އަޔާޒު ތަކުރާރު ކުރަމުންދާތީ ބޭންޑުގެ ހަރަކާތްތަކުން އަޔާޒު އެކަހެރިކޮށް ބޭންޑުން ވަނީ ވަކިކުރެވިފައެވެ.






ރިއެކްޓް