ޖަލުގައި މަރުވި ގައިދީގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް!
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އިއްޔެ މަރުވި ގައިދީއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފިއެވެ.
ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ސ. ހިތަދޫ، ދިއްގާ ގަސްދޮށުގެ 45 އަހަރުގެ ހަސަން ނިޔާޒު އެވެ.
އިއްޔެ މެންދުރު ފަހު، ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ހާއިރު ގެންދިޔަ ކަމަށާއި މަރުވިކަން ކަރެކްޝަނަށް ޑޮކްޓަރުން އަންގާފައި ވަނީ، 14:05ގައި ކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.
އާއިލާއިން ވަނީ ނިޔާޒުގެ މަރުގައި ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށް, އާއިލާއާ ކަރެކްޝަނުން ހިއްސާކުރި މައުލޫމާތު ތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށް ބުނެފައެވެ.
ނިޔާޒުގެ ހަށިގަނޑުގެ ފޮޓޯތައް އާންމުކޮށް އާއިލާއިން އާންމުކޮށްފައިވާއިރު އޭނާގެ ހަށީގަނޑުގައި އަނިޔާ ކޮށްފައިވާ ކަމަށް ބެލެވޭ ނިޝާންތަކެއް މޭމައްޗާއި ކަރުގައި ހުރެއެވެ.
ހޮސްޕިޓަލާ ހަވާލާދީ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވިންދު ނެތް ކަމަށެވެ. އެހެންނަމަވެސް މަރުވި ސަބަބު "އަންނޯން" ނުވަތަ ނޭނގޭ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް އާއިލާއިން ބުނެފައިއެވެ.
އާއިލާއިން ވަނީ މި މައްސަލަ ބަލައި ހަގީގަތް ހާމަކުރަން އިދާރާތަކަށް ގޮވާލައިފައެވެ.
ނިޔާޒަކީ މިދިޔަ ބުރާސްފަތި ދުވަހު ޖަލަށް ލީ މީހެކެވެ. އޭނާގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ހުކުމެކެވެ.






ރިއެކްޓް